Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ނައިފަރުން ގެއްލުނު ކުއްޖާ ފެނިއްޖެ

ޅ. ނައިފަރުން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 13 އަހަރުގެ އަންހެން ކުއްޖާ އެރަށުން ފެނިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފިއެވެ.

އެކުއްޖާ ގެއްލިގެން ހޯދަން ފުލުހުން އިއުލާން ކުރީ އީއްޔެއެވެ. އެކުއްޖާ ވީނުވީއެއް ނޭނގި އާއިލާން ފުލުހުންނަށް ރިޕޯޓް ކުރިއިރު، އެންމެ ފަހުން ފެނިފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

މިއަދު އެކުއްޖާ އެ ރަށުން ފެނިފައިވާއިރު، އެކުއްޖާ ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިފަހަކަށް އައިސް އައިލާއަށް ޙަބަރެއް ނުވެގެން ފުލުހުން މެދުވެރިކޮށް ހޯދަން އިއުލާން ހޯދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މީގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަ ކުދިން ހިމެނެއެވެ.