Last Updated: May 11, 14:43
Sunday, May 11, 2025
ޚަބަރު

އައިބީ އަލުން މަޖިލީހަށް ވާދަކުރަނީ

ފޭދޫ ދެކުނު ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް ދީދީ (އައިބީ)

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) ވާދަކުރައްވަން ނިންމަވައިފި އެވެ.

އައިބީ އަކީ ޕީޕީއެމްގެ މެމްވަރެއްގެ ގޮތުގައި ފޭދޫ ތަމްސީލުކުރެއްވި މެމްބަރެކެވެ. އޭނަ މެމްބަރުކަން ކުރެއްވި ދުވަސްވަރު، ފާހަގަކުރެވުނީ ކުރީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަރަށް ނުފޫޒު ގަދަ މެންބަރެއްގެ ގޮތުގަ އެވެ. އެންމެ ފަހުން ބޭއްވި މަޖިލީހުގެ އިންތިހާބުގައި ވެސް ފޭދޫ ދާއިރާ އަށް އައިބީ ވާދަކުރެއްވި އެވެ.

އެކަމަކު އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނިހާދެވެ.

އައިބީ ވިދާޅުވީ ފޭދޫ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން އެ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރަން ޝައުގުވެރިވާ ކަމަށެވެ.

ޖުމްލަ 87 މެމްބަރުން މިހާރު ހިމެނޭ މަޖިލީހުގައި އައްޑޫގެ ހަ މެމްބަރުން ތިއްބަވަ އެވެ. އަލަށް އިތުރުވި ހަ ދާއިރާ އަކީ މެމްބަރުންގެ އަދަދު އަންނަ އަހަރު 93 އަށް އަރާނެ އެވެ. އޭގެ ތެރޭގައި އައްޑު އަށް އިތުރުވި ދާއިރާއެއް ވެސް ހިމެނެ އެވެ. އެއީ އައްޑޫ ފޭދޫ އުތުރު ދާއިރާ (ފޭދޫ/މަރަދޫފޭދޫ) އެވެ. އާ ދާއިރާތަކުގެ ތެރޭގައި ދެން ހިމެނެނީ ހުޅުމާލެ މެދު ދާއިރާ އާއި ހުޅުމާލެ އުތުރު ދާއިރާ އާއި ހިތާދޫ ދާއިރާ (ބ. ހިތާދޫ، މާޅޮސް، ދަރަވަންދޫ) ދާއިރާ އާއި ހުރާ ދާއިރާ (ކ. ހުރާ، ހިންމަފުށި، ގުޅީ) އަދި ކޮލަމާފުށި ދާއިރާ (ގއ. ކޮލަމާފުށި، ދެއްވަދޫ) ދާއިރާ އެވެ.