އޮގަސްޓް މަހު ބެލުންތެރިންނަށް ގެނެސްދިން ފިލްމު "ނީނާ" ގައި ހިމެނޭ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަގެ އައިޓަމް ލަވަ މިއަދު ޔޫޓިއުބަށް ދޫކޮށްލައިފި އެވެ.
ބެކް ޑާންސަރުންތަކަކާ އެކީ ސްޓޭޖެއްގެ މަތީގެ ނެށުންތަކެއް ފެނިގެންދާ މި ލަވަ އަކީ މަރިޔަމް އަޝްފާ އާއި އޭނަގެ ފިރިމީހާ މުހައްމަދު އަބްދުކް ޢަނީ (ތޭރަވާ) ގެ އިތުރުން އެކްޓަރު އިފްނާޒް ފިރާގު ކިޔާފައިވާ ލަވައެކެވެ. ލަވައިގެ ޅެމާއި މެލޮޑީ ވެސް ތޭރަވާ ހަދާފައިވާ އިރު، ލަވައިގެ މިއުޒިކް ހެދީ ހުސައިން ތައުފީގެވެ.
އޮގަސްޓް މަހުގެ 5 ގައި އޮލިމްޕަހުގައި ޕްރީމިއާކުރި "ނީނާ" އަކީ އިލްޔާސް ވަހީދު ލިޔެ، ޑައިރެކްޓްކުރި ކްރައިމް ތުރިލާއެކެވެ. މީގެ ޓައިޓްލް ރޯލު ކުޅުނީ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.