Last Updated: June 15, 03:20
Sunday, June 14, 2026
ޚަބަރު

އެމްޑީޕީ އަށް ގެއްލުންދޭތީ އެކަން ކުށްވެރިކޮށްފި

ރިޔާސީ އިންތިހާބަށް ފަހު އެމްޑީޕީގެ މެމްބަރުންނާއި އެ ޕާޓީގެ ތަންތަނަށް ގެއްލުން ދެމުންދާތީ އެކަން އެ ޕާޓީން ކުށްވެރިކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ކުރިއަށް ދަނިކޮށް، އެމްޑީޕީގެ މަޖިލިސް ދެ މެންބަރަކަށް ބަޔަކު ހަމަލާ ދީފައިވެ އެވެ. އެއީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) އާއި ފޭދޫ ދާއިރާގެ މެންމަބަރު މުހައްމަދު ނިހާދަށެވެ.

އެ ދެ މެންބަރުންނަށް ދިން ހަމަލާ ކުށްވެރިކޮށް، ކަމާބެހޭ އިދާރާތަކުން އެ މައްސަލަތައް ބަލަން އެޗްއާރްސީއެމުން ވެސް ގޮވާލި އެވެ.

އިންތިހާބަށް އެމްޑީޕީގެ ބައެއް ޖަގަހަތަކަށް ބަޔަކު ގެއްލުން ދީފައިވެ އެވެެ. އޭގެ ތެރޭގައި ގއ. ކޮލަމާފުއްޓާއި ދ. ކުޑަހުވަދޫ އެމްޑީޕީ އޮފީސް ހިމެނެ އެވެ.

މިފަދަ ހަމަލާތައް ކުރިތިވަމުންދާތީ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބަށް ފަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ތާއީދުކުރާ ބައެއް މީހުން ކާމިޔާބީ ފާހަގަކުރުމުގެ ތެރޭގައި އެފަދަ އަމަލުތައް ހިންގުމަކީ ޑިމޮކްރެޓިކް އުސޫލަތަކާ ބީރަށްޓެހި ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ އަމަލުތަކެއް ކަމަށެވެ.