Last Updated: May 20, 01:49
Sunday, May 19, 2024
މީހުން

104 އަހަރުގައި ސްކައިޑައިވެއް

ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދަން އެމެރިކާގެ 104 އަހަރުގެ އަންހެނަކު ސްކައިޑައިވްކޮށްފި އެވެ.

ޝިކާގޯ އަށް ނިސްބަތްވާ ޑޮރޮތީ ހޮފްނާގެ މި ސްކައިޑައިވް މިދިޔަ އާދީއްތަ ދުވަހު އިލިއޯނިސްގައި ކުރިއަށް ގެންދިޔައީ ޔޫއެސް ޕެރަޝޫޓް އެސޯސިއޭޝަނާ ގުޅިގެންނެވެ. އޭނަ ބުނި ގޮތުގައި އަމާޒަކީ "ސްކައިޑައިވެއް ކުރި އެންމެ ދުވަސްވީ މީހާ ރެކޯޑް" ހޯދުމެވެ. ސްކައިޑައިވަށް ފަހު ހޮފްނާ ބުނީ އުމުރަކީ ހަމަ ނަމްބަރެއް ކަމަށެވެ. އެހެންވެ ކަމެއް ހާސިލުރަން ހިތުލައިގެން އުޅޭ ނަމަ އުމުރާ މެދު ނުވިސްނައި އެކަމަކާ ކުރިމަތިލާން ހުރިހާ އެންމެންނަށް ހިތްވަރު ދޭ ކަމަށް ވެސް ބުންޏެވެ.

ހޮފްނާ އެންމެ ފުރަތަމަ ސްކައިޑައިވެއް ތަޖުރިބާކުރީ އުމުރުން 100 އަހަރުގަ އެވެ.

އޭނަ ބުނި ގޮތުގައި މި ފަހަރުގެ ޑައިވާ އެކީ ރެކޯޑް ކަށަވަރުވުމުގެ އުންމީދު ވެސް ވަރަށް ބޮޑެވެ. ގިނިސް ވޯލްޑް ރެކޯޑުން މިހާރު އަންނަނީ ހޮފްނާގެ ސްކައިޑައިވްއާ ގުޅޭ ކަންކަން ބަލަމުންނެވެ.

ސްކައިޑައިވެއް ކުރި އެންމެ ދުވަސްވި މީހާގެ ރެކޯޑް މި ވަގުތު އޮތީ ސްވިޑްވިންގެ ފިރިހެނަކަށެވެ. އެއީ 103 އަހަރުގައި މިދިޔަ އަހަރު އެ ރެކޯޑް ހެދި ލިނިއާ އިންގެޖާޑް ލާސަނެވެ. އޭނަ އެ ރެކޯޑް ހެދީ މިދިޔަ އަހަރުގެ މެއި މަހުގެ 29 ގަ އެވެ.

ގިނިސް ވޯލްޑް ރެކޯޑުން ރެކޯޑް ކަށަވަރުކޮށް ދޭނެ ވަގުތެއްގެ އިންތިޒާރުގައި މިހާރު ހުރި ހޮފްނާ އަށް އަންނަ ޑިސެމްބަރުގައި 105 އަހަރު ފުރޭނެ އެވެ. އެއާ އެކީ އޭނަ މިހާރު އާ ޗެލެންޖަކަށް ވެސް ނުކުންނަން އަމާޒު ހިފައިފަ އެވެ. އެއީ ހޮޓް އެއާ ބެލޫން ދަތުރެކެވެ.