Last Updated: May 11, 14:51
Sunday, May 11, 2025
ޚަބަރު

ވިލިނގިލީ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ގއ. ވިލިނގިލި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ގއ. ވިލިނގިލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފަސްވަނަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އެގޮތުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 75 އިންސައްތަ ފުރިހަމަކުރެވިފައެވެ. އަދި، އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް މިހާރު 89 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 613 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 685 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

ގއ. ވިލިނގިލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 107.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.