Last Updated: May 11, 14:43
Sunday, May 11, 2025
ޚަބަރު

މުއިއްޒު މަޖިލީހުގެ ރައީސާ ބައްދަލު ކުރައްވައިފި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައީސް މުހައްމަދު ނަޝީދު- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފިއެވެ.

އިންތިޚާބީ ރައީސް ޑރ. މުއިއްޒުއާއެކު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި އިންތިހާބީ ނައިބު ރައީސް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުކުރެެއްވުމުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ މަޖިލީހުގެ ބައެއް މެންބަރުންނާ ބައްދަލުކުރާ މެހެމާނުންގެ ފޮތުގައި ސޮއި ކުރައްވާފައެވެ. އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފައެއްނުވެއެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ރައިސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 109،868 ވޯޓެވެ. އަދި ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ 129،159 ވޯޓާއެކުއެވެ.