ރާއްޖޭގެ މި އަހަރުގެ ޓޫރިޒަމް ދުވަސް މި މަހުގެ 12 ގައި ފާހަގަކުރަން ނިންމައިފި އެވެ.
ޓޫރިޒަމް ދުވަހުގެ ގިތުގައި ކަނޑައަޅާފައި ވަނީ އޮކްޓޯބަރު 1 އެވެ. އެގޮތަށް ކަނޑައެޅީ މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ދިމާކޮށެވެ. މި އަހަރުގެ ޓޫރިޒަމް ދުވަސް އެ ތާރީހުގައި ފާހަގަނުކުރެވުނީ ރިޔާސީ އިންތިހާބުގެ ކަންކަމާ ހެދި އެވެ.
އެހެންވެ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އެ ދުވަސް މި މަހުގެ 12 ގައި ފާހަގަކުރަން ނިންމައިފަ އެވެ.
ޓޫރިޒަމް ދުވަސް ފާހަގަކުރަން ހިންގާ ހަރަކާތްތަކުގެ ތެރެއިން މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް ވެސް ދޭނެ އެވެ. މި އަހަރުގެ އެވޯޑަށް ހުޅުވައިލީ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެގޮތުން 12 ދާއިރާއަކުން ޖުމްލަ 48 އެވޯޑު ދޭން ނިންމާފައިވެ އެވެ.