Last Updated: May 11, 11:51
Sunday, May 11, 2025
ޚަބަރު

ޓްރީ ޓޮޕްގެ ކޮންޓެކްޓް ސެންޓަރެއް އޭދަފުއްޓަށް

ހުޅުމާލޭގައި ހިންގަމުން އަންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ފުޅާކުރުމިގެ ގޮތުން ބ.އޭދަފުށީގައި ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި އެވެ.

އިއްޔެ ހުޅުވި އެ ސެންޓަރުން އޭދަފުށީގެ 11 މީހަކަށް ވަޒީފާގެ ފުރުސަތު ލިބިފައިވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ތަނުގެ ހިދުމަތްތަކަށް އޮންނަ ޑިމާންޑް އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށާއި އާ ކޮންޓެކްޓް ސެންޓަރަކީ ހިދުމަތްތައް ހޯދަން މައުލޫމާތު ސާފުކުރުން އިތުރަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ހުޅުވި ތަނެއް ކަމަށެވެ.
އެހެންވެ އޯޕީޑީ އާއި އައިޕީޑީގެ ހިދުމަތްތަށް ހޯދާ މީހުންގެ އަދަދ އިތުރުވެފައިވާތީ ހޮސްޕިޓަލަށް ގުޅައި ފޯނުގައި މަޑުކުރައްވަންޖެހޭ ވަގުތު މަދުކުރުމަކީ އާ ކޮންޓެކްޓް ސެންޓަރުގެ އެންމެ ބޮޑު އެއް މަގުސަދުކަމަށް ޓްރީ ޓޮޕުން ބުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ޕްރައިޓް ޓާޝަރީ ހޮސްޕިޓަލެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި ކޮންޓެކްޓް ސެންޓަރެއް އޭދަފުށީގައި ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ޓްރީ ޓޮޕް ހޮސްޕިޓަލާއި މާލޭގައި ހިންގަމުން އަންނަ ޓީޓީއެޗް ކްލިނިކްގެ ހިދުމަތްތަކަށް އަވަސް އަދި ފަސޭހަ ގޮތެއްގައި އެޕޮއިންޓްމަންޓާއި ބުކިން ހެއްދުމަށް މަގުފަހިކޮށް ދިނުމެވެ.

މީގެ އިތުރުން ކޮންޓެކްޓް ސެންޓަރަކީހިދުމަތް ފުޅާކޮށް ހޮސްޕިޓަލްގެ ކެޕޭސިޓީ އިތުރުކުރުމާއި، ހިދުމަތް ލިބޭނެ މަގު ފަސޭހަކޮއްދިނުމާއި، ހިދުމަތް ގޯދާ މީހުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް އެކުލަވާލާފައިވާ އިސްތިރާޖީ ޕްލޭންގެ ބައެއްކަމަށްވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވެއެވެ.

އޭދަފުށީގައި ކޮންޓެކްޓް ސެންޓަރެއް ހުޅުވީ އާ މުވައްޒަފުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ތަމްރީންތަކެއް ވެސް ހިންގުމަށް ފަހު އެވެ.