ތައިލޭންޑްގެ ބެންކޮކްގެ ލަގްޒަރީ ޝޮޕިން މޯލެއްގެ ތެރޭގައި މިއަދު ބަޑި ޖަހައި ބަޔަކު މައްސަލާގައި 14 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ސިއަން ޕެރަގޯން މޯލުގެ ތެރޭގައި ފިސްތޯލަކުން ދިން ހަމަލާގައި ތިން މީހަކު މަރުވެ، އިތުރު ހަތަރު މީހަކަށް އަނިޔާވެގެން މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާއާ ގުޅިގެން ބެންކޮކް އެލާޓަށް ގެނެސްފައިވާ އިރު، ފުލުހުން ބުނީ ހަމަލާދިން ކުއްޖާ އެކަން ކުރީ ސްކޫލަށް ދިޔަ މަގުމަތުމަތީގައި ކަމަށާއި އެކަމަކު މިފަދަ ހަމަލާއެއް އޭނަ ދިން ސަބަބެއް އަދި ސާފުނުވާ ކަމަށެވެ. ކުއްޖާ ހައްޔަރުކޮށް މި މައްސަލަ މިހާތު އަންނަނީ އިތިރަށް ތަހުގީކުރަމުންނެވެ.

ހަމަލާ އަމާޒުވި މޯލަކީ ބެންކޮކަށް ދަތުރުކުރާ ވަރަށް ގިނަ ޓޫރިސްޓުން އާންމުކޮށް ޒިޔާރަތްކުރާ ތަނެކެވެ.
މި ހާދިސާއާ ގުޅިގެން ތައިލޭންޑްގެ ބޮޑުވަޒީރު ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފަ އެވެ.