Last Updated: May 10, 14:05
Saturday, May 10, 2025
މުނިފޫހިފިލުވުން

ވިކީ އާއި ރަޝްމިކާ "ޗާވާ" އަށް

ވިކީ ކޯޝަލާއި ރަޝްމިކާ މަންދަނާ "ޗާވާ" ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.

އަންނަ އަހަރުގެ ޑިސެމްބަރު 6 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ މި ފިލްމަކީ ޖޫންގައި ރިލީޒްކުރި ވިކީ އާއި ސާރާ އަލީ ޚާންގެ "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އުފެއްދި ޕްރޮޑަކްޝަން ހައުސް، މެޑޮކް ފިލްމްސް އަށް އޭގެ ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކުރާ އެއްޗެކެވެ.

"ޗާވާ" ވާނީ ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ ވިކީ އާއި "ޕުޝްޕާ" ގެ ބަތަލާ ރަޝްމިކާ އެކީގައި ކުޅޭ ފުރަތަމަ ފިލްމަށެވެ. އެކަމަކު މި ދެ ތަރިން އެކީގައި މީގެ ކުރިން އިޝްތިހާރެއް ކުޅެފައިވެ އެވެ. ދެ ތަރިން އެކީގައި ކުޅޭ ފުރަތަމަ ފިލްމު އިއުލާންކުރި ނަމަވެސް މިއާ ބެހޭ މާ ބޮޑު ތަފުސީލެއް އަދިއެއް ނެތެވެ.

އިންޑިއާގެ ދެކުނުގެ ފިލްމުތަކުން ވިދި ބަތަލާ ރަޝްމިކާ އަކީ މިހާރު ބޮލީވުޑުން ވަރަށް ގިނަ ފުރުސަތުތައް ލިބެމުން އަންނަ ތަރިއެކެވެ. އޭނަގެ ފުރަތަމަ ހިންދީ ފިލްމަކީ އަމީތާބް ބައްޗަންގެ މިދިޔަ އަހަރުގެ "ގުޑް ބާއި" އެވެ. އަދި މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރާ ރަންބީރް ކަޕޫރްގެ "އެނިމަލް" އިން ވެސް ރަޝްމިކާ ފެންނާނެ އެވެ.

މި ފަހުން ރަޝްމިކާ ވަނީޫ ބޮލީވުޑްގެ އެންމެ މަޝްހޫރު ބައެއް އެކްޓަރުންނާ އެކީ އިޝްތިހާރުތަކެއް ވެސް ކުޅެފަ އެވެ. އެގޮތުން އެންމެ ފަހުގެ އިޝްތިހާރަކީ ޝާހްރުކް ޚާނާ އެކީ ކުޅުނު އިޝްތިހާރެކެވެ.