އެމެރިކާގެ ކުރީގެ މިއުޒިކް ލެޖެންޑް އެލްވިސް ޕްރިސްލީގެ އަންހެނުން ޕްރިސީލާ ޕްރެސްލީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ "ޕްރިސީލާ" އަންނަ މަހު ރިލީޒްކުރާ ގޮތަށް ނިންމައި ފިލްމުގެ އާ ޓްރެއިލާ ދައްކާލައިފި އެވެ.
އަންނަ މަހުގެ 3 އަށް ތާވަލުކޮށްފައިވާ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ސޯފިއާ ކޮޕޯލޯ އާ އެވެ. އޭނަ އަކީ "ދަ ވާޖިން ސުއިސައިޑްސް" އާއި "ލޮސްޓް އިން ޓްރާންސްލޭޝަންސް" ގެ އިތުރުން "ދަ ބިގިލްޑް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
މި އަހަރު ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޕްރިސީލާ" ހަދާފައި ވަނީ ޕްރިސީލާ ލިޔުނޖ 1989 ގެ ބައޮފްރަފީ "އެލްވިސް އެންޑް މީ" އަށް ބިނާކޮށެވެ މިހާރު އުމުރުން 78 އަހަރުގެ ޕްރިސީލާ އާއި އެލްވިސް 1967 ގައި ކުރި ކައިވެނި ދެމިއޮތީ 1973 އާ ހަމައަށެވެ.
ރޮކް އެން ރޯލް މިއުޒިކްގެ ރަސްގެފާނުގެ ގޮތުގައ ސިފަކުރާ އެލްވިސް ވަނީ އުމުރުން އެންމެ 42 އަހަރުގައި 1977 ގައި މަރުވެގަ އެވެ.
"ޕްރިސީލާ" ގައި އެލްވިސް އާއި ޕްރިސީލާ ގުޅުން ކިޔައިދޭ އިރު، މި ފިލްމުގައި ޕްރިސީލާގެ ރޯލު ކުޅެފައި ވަނީ ކެއިލީ ސްޕެއޭނީ އެވެ. އެލްވިސްގެ ރޯލު ކުޅުނީ ޖެކޮބް އެލޯޑީ އެވެ.
އަންނަ މަހު ފިލްމު ބެލުންތެރިންނަށް ދޫކޮށްލާ އިރި މިދިޔަ މަހު ބޭއްވި 80 ވަނަ ވެނިސް ފިލްމު ފެސްޓީވަލްގައި "ޕްރިސީލާ" ޕްރީމިއާކުރިފި އެވެ.
މިދިޔަ އަހަރު "އެލްވިސް" ގެ ނަމުގައި އެލްވިސްގެ ބައޯޕިކެއް ވެސް ގެނެސްދީފައިވެ އެވެ. ބަޒް ލާމަން ޑައިރެކްޓްކުރި ފިލްމުގައި އެލްވިސްގެ ރޯލު ކުޅުނީ އޮސްޓިން ބަޓްލާ އެވެ.