Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

މަހުލޫފް މާލޭ މޭޔަރު ކަމަށް

މިނިސްޓަރު އަހުމަދު މަހުލޫފް- ފޮޓޯ: ރައީސް އޮފީސް

މާލެސިޓީގެ މޭޔަރުގެ މަގާމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

މާލެސިޓީ މޭޔަރުގެ މަގާމުގައި ހުންނެވީ ޑރ. މުހައްމަދު މުއިއްޒުއެވެ. އެހެންނަމަވެސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ.

ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމާއެކު މާލެސިޓީ މޭޔަރުގެ މަގާމު ހުސްވާނެއެވެ.

މަހުލޫފް މިއަދު ވިދާޅުވީ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

"ވީމާ މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ." މަހުލޫފް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މިވެރިކަމުގައި މަހުލޫފް ހުންނެވީ ޔޫތް މިނިސްޓަރުގެ މަގާމުގައެވެ.