ނެޓްފްލިކްސްގެ ފީ ބޮޑުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން ބުނީ ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމުން ނަގާ ފީ ބޮޑުކުރަން ނިންމައި އެކަން ވަރަށް އަވަހަށް އިއުލާން ކުރަން ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް އަގަށް އަންނާނެ ބަދަލުތަކާ ބެހޭ އެއްވެސް ތަފުސީލެއް އެ ނޫހުން ހާމަކޮށްފައެއް ނުވެ އެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން ބުނި ގޮތުގައި ހިދުމަތުގެ އަގަށް އެންމެ ފުރަތަމަ ބަދަލު ގެންނަން ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ކެނެޑާ ހިމެނެ އެވެ. އަދި އޭގެ ފަހުން ދުނިޔޭގެ އެކި ހިސާބުތަކުން ނަގާ އަގު ވެސް ބޮޑުވެގެން ދާނެ އެވެ.
ނެޓްފްލިކްސްގެ ފީ ބޮޑުކުރަން ނިންމި އިރު، މި އަހަރުގެ ކުރީކޮޅު 30 އަށް ވުރެ ގިނަ ގައުމުގައި ފީ ކުޑަ ވެސް ކުރި އެވެ. މި ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު 238.39 މިލިއަނަށް އަރަ އެވެ.