Last Updated: May 10, 14:05
Saturday, May 10, 2025
މުނިފޫހިފިލުވުން

ސަނީގެ "ގަދަރު 2" ސްޓްރީމިން އަށް

މިދިޔަ އޮގަސްޓް މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ސަނީ ޑިއޯލްގެ ފިލްމު "ގަދަރު 2" އަންނަ ހުކުރު ދުވަހު ޒީ5 އިން ސްޓްރީމިން އަށް ދޫކޮށްލަން ނިންމައިފި އެވެ.

މި ފިލްމަކީ ސަނީ އާއި އަމީޝާ ޕަޓޭލްއާ އެކީ ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ގައި ގެނެސްދިން "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ. ފުރަތަމަ ބައި ގެނެސްދިންތާ 22 އަހަރު ފަހުން ދެވަނަ ބައި ގެނެސްދިނުމާ އެކީ މި ފިލްމުވީ ސަނީގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމަށެވެ.

އޮގަސްޓް މަހުގެ 11 ގައި ރިލީޒްކުރި ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 690.54 ކްރޯޑް ރުޕީސް (83 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު އިރު، "ގަދަރު 2" ހެދީ އެންމެ 60 ކްރޯޑް ރުޕީސް (7.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

މި ފިލްމުުގެ ބޮޑު ކާމިޔާބީއާ ގުޅިގެން ސަނީ، 66، އަށް މިހާރު ގިނަ އޮފާތަކެއް ލިބެމުން އަންނަ އިރު، އޭނަ ދެން ކުޅެން އޮތީ "ލާހޯރް: 1947" އެވެ. މިއީ އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ ފިލްމެކެވެ.