Last Updated: July 23, 16:49
Thursday, July 23, 2026
ޚަބަރު

ހުޅުމާލޭގެ ހާބަރެއް ތަރައްގީ ކުރަން ހަވާލުކޮށްފި

ހުޅުމާލެ ސައުތު ވެސްޓް ހާބަރު ތަރައްގީ ކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.

އާބަންކޯ އިން މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ޖީޕީއެލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ ކުންފުނިން ބުނީ މިމަޝްރޫއުގެ ދަށުން ޑިންގީ ހާބަރަކާއި ފްލޯޓިން ޑޮކެއްގެ އިތުރުން އުޅަނދު ފަހަރަށް ކަރަންޓާއި ފެން ފޯރުކޮށް ދިނުމުގެ ޚިދުމަތް ގާއިމު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. މީގެ ތެރެއިން ޑިންގީ ހާބަރުގައި ވެހިކަލް ޕާކު ކުރެވޭނެ ޖާގައިގެ އިތުރުން، ވިޔަފާރިތަކަށް ޚާއްސަ އިމާރާތެއް ވެސް ހުންނާނެ އެވެ.

ހުޅުމާލޭގެ ސައުތު ވެސްޓް ހާބަރު ތަރައްގީ ކުރަނީ ވެހިކަލް ޕާކިން ޒޯނަކާ އެކީ ކަމަށްވާތީ މި މަޝްރޫއުގެ ސަބަބުން މާލެ ސަރަހައްދުގައި އޮތް ޕާކިން ދަތިތަކަށް ވެސް ހައްލަން އަންނަން އެހީއަކަށް ވާނެ ކަމަށް އާބަންކޯ އިން ބުންޏެވެ. އެގޮތުން ކާރާއި ސައިކަލްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ޕާކިން ޖާގަ ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.