Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

"ޔާރާ 2" ގެ ބެލުންތެރިންނަށް ދޫކޮށްލަނީ

ބަތަލާ އައިޝަތު ރިޝްމީ ޑައިރެކްޓްކޮށް ބޮޑު ކާސްޓަކާ އެކީ މި އަހަރުގެ ކުރީކޮޅު ބައިސްކޯފަސް ގެނެސްދިން ވެބް ސީރީޒް "ޔާރާ" ގެ ދެވަނަ ސީޒަން މިއަދު ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.

މި ވާހަކަ ފޭނުންނާ ހިއްސާކޮށް ރިޝްމީ ވަނީ ސީރީޒްގެ ޕޯސްޓަރެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

"ޔާރާ" ގެ ކާސްޓަށް ބަލާ އިރު، މީގެ މުހިއްމު ރޯލުތަކުން ރިޝްމީ އާއި އޭނަގެ ކޮއްކޮ މަރިޔަމް އައްޒަ އާއި މަންމަ އައިމިނަތު ރަޝީދާ އައިންތު) ގެ އިތުރުން ކުރީގެ ފިރިމީހާ އަހުމަދު އަޒުމީލު އަޒޭ) ހިމެނެ އެވެ. މި މީހުންނާ އެކީ މީގެ ކާސްޓްގައި އައްޒަގެ ކުރީގެ ފިރިމީހާ އިސްމާއިލް ޖުމާހު (ޖުމާ) ގެ އިތުރުން އައިމިނަތު ރިޝްފާ، ނުޒުހަތު ޝުއައިބު (ނުޒޫ)، އަހުމަދު އާސިމް، ޝަރާ އާދަމް (ޝަރާ)، މަރިޔަމް ވަހީދާ (ޔަމް)، އާމިނަތު ޝަހާ އަދުނާން، އާމިނަތު ސިލްނާ، އަހްމަދު އިޝާރް، އަބްދުﷲ ޝަރަފް، ޝާއިފް ޝާއިރު، އައިޝަތު ގުލްފާ (ގުލް)، ހުސައިން ޝާދިޔާން (ސޭންޑީ)، މަރިޔަމް ހަލީމް، ނަތާޝާ ޖަލީލު، މަލީހާ ވަހީދުގެ އިތުރުން މުހައްމަދު ވިޝާލް (ރޯމަން) ހިމެނެ އެވެ.

"ޔާރާ" އަކީ ރިޝްމީ އާއި އޭނަގެ ކުރީގެ ފިރިމީހާ އެކްޓަރު ރަވީ ފާރޫގް ގުޅިގެން ބައިސްކޯފަށް ގެނެސްދިން މަގުބޫލު ސީރީޒް "އެހެނަސް" ގެ ލިޔުންތެރިޔާ އަހުމަދު އިގުބާލް (އައިކިއު) ގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އެއްޗެކެވެ.

މީގެ ފުރަތަމަ ސީޒަން ބައިސްކޯފުން ޕްރީމިއާކުރީ މި އަހަރުގެ އެޕްރީލް 24 ގަ އެވެ. އޭގައި 12 އެޕިސޯޑް ހިމެނެ އެވެ.