Last Updated: May 20, 06:07
Monday, May 20, 2024
ޚަބަރު

މުއިއްޒުގެ އިންތިގާލީ މަރުހަލާގެ ތަރުޖަމާނަކަށް ފިރުޒުލް

އަލަށް ރައީސް ކަމަށް އިންތިހާބުވެވަޑައިގަޔތް ޑރ. މުހައްމަދު ވެރިކަމުގެ ހުވާކުރެއްވުމާ ދތެރޭ މި އޮތް އިންތިގާލީ މަރުހަލާގެ ތަރުޖަމާނަކަށް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ހަމަޖައްސައިފި އެވެ.

އޭނަ އެ މަގާމަށް ހަމަޖެއްސީ އިއްޔެ އެވެ. ފިރުޒުލް އަކީ މުއިއްޒުގެ ކެމްޕޭން އިވެންޓްތަގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ފިރުޒުލް އެންމެ ފަހުން މަސައްކަތްކުރެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިންގަމުން ގެންދަވާ އިލްމު އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގަ އެވެ.

ފިރުޒުލް، 29، އަކީ މިސްރުގެ އަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

މުއިއްޒު ރައީސްކަމުގެ ހުވާކުރައްވާނީ އަންނަ މަހުގެ 17 ގަ އެވެ. އެކަމަކުގެ ތައްޔާރީތައް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން މުއިއްޒު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.