Last Updated: April 29, 00:08
Sunday, April 28, 2024
ދުނިޔެ

އައިފޯން 15 ހޫނު ބޮޑުވުން ހައްލުކޮށްފި

އައިފޯން 15 ގެ ބައެއް މޮޑެލްތައް މާ ބޮޑަށް ހޫނުވާ މައްސަލަ ފެންމަތިވުމާ ގުޅިގެން އެޕަލް އިން އެ މައްސަލަ އަށް ހައްލެއް ހޯދައި ދީފި އެވެ.

އެ ކުންފުނިން ބުނީ އައިއޯއެސް 17 އަށް އެންމެ ފަހުން ގެނެސްދިން އަޕްޑޭޓާ އެކީ ހޫނުވާ ބޮޑު މައްސަލަ ހައްލުކޮށް ދޭނެ ކަމަށެވެ. އެހެންވެ އައިފޯން 15 ގެންގުޅޭ ކަސްޓަމަރުން 17.0.3 މި އަޕްޑޭޓް އިންސްޓޯލްކުރުމުން މައްސަލަ ހައްލުވާނެ ކަމަށް އެޕަލް އިން ބުންޏެވެ. މިދިޔަ މަހުގެ 12 ގައި ނެރުނު އައިފޯން 15 ގެ ހަތަރު މޮޑެލް ހިމެނޭ ސީރީޒުން ހޫނުވާ ބޮޑުވާ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވީ ޕްރޯ އާއި ޕްރޯ މެކްސް ބޭނުންކުރާ ކަސްޓަމަރުންގެ ފަރާތުންނެވެ.

އެޕަލް އިން ބުނީ އެ މައްސަލަ ދިމާވީ އައިއެސްގައި ބަގަތާއި ތާޑް-ޕާޓީ ބައެއް އެޕްތަކުގައި ހުރި އިޝޫތަކާ ހެދި އެވެ. އެގަދަ އެޕްތަކުގެ ތެރޭގައި އިންސްޓަގްރާމާއި އޫބާ އަދި އަސްފަލްޓް 9 ހިމެނެ އެވެ.

އައިފޯންގެ 15 ގެ ހަތަރު މޮޑެލް އަކީ އައިފޯން 15 ޕްލަސް، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އެވެ. މީގެ އަގުތައް އުޅެނީ 799-1،599 ޑޮލަރާ ދެމެދުގަ އެވެ.