Last Updated: May 9, 22:28
Friday, May 9, 2025
ޚަބަރު

އިންތިގާލީ ކޮމިޓީގެ ޑިރެކްޓަ ޖެނެރަލަކަށް އަދުރޭ

ފޮޓޯ: ސިވިލް ސާވިސް ކޮމިޝަން

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް އަބްދުއްރަހީމް އަބްދުﷲ ރަސްމީކޮށް ހަމަޖައްސައިފިއެވެ.

އެކަމަށްޓަކައި މިއަދު ސިވިލް ސާވިސް ކޮމިޝަންގައި ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

އެގޮތުން މިއަދުގެ މި ރަސްމިއްޔާތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އަބްދުއްރަހީމް ހަމަޖައްސަވާ އެ ލިޔުން ހަވާލު ކުރެއްވީ ސީއެސްސީގެ ރައީސް މުހައްމަދު ނާސިހްއެވެ.

މި ރަސްމިއްޔާތުގައި ޕީޕީއެމް ޕީއެންސީގެ އިސްބޭފުޅުންނާއި ސީއެސްސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް އަބްދުއްރަހީމް ހަމަޖައްސަވާފައިވާއިރު، ޓްރާންސިޝަނަލް މަރުހަލާއަށް އެންމެ ފުރިހަމަ ގޮތުގައި ވަގިތިު ދެއްވުމުގެ ގޮތުން ޑރ. މުހައްމަދު މުއިއްޒު ވަނީ މާލެސިޓީ މޭޔަރުގެ މަސްއޫލިޔަތުތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާވެސް ހަވާލުކުރައްވާފައެވެ.

ޑރ. މުއިއްޒު ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން ޕީއެންސީގެ ރައީސްގެ މަގާމަށް ޑރ. މުއިއްޒުވަނީ އައްޔަނު ކުރައްވާފައެވެ. އަދި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ޑރ. މުއިއްޒުގެ ރަނިންމޭޓް އަދި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އައްޔަނު ކުރައްވާފައިވާއިރު އަބްދުއްރަހީމް ހަމަޖައްސަވާފައިވަނީ ޕީއެންސީގެ ޗެއާޕާސަންގެ މަގާމަށެވެ.