Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ނައިފަރުގައި ފެން ބޮޑުވެ ސިފައިން ހަރަކާތްތެރިވަނީ

ފޮޓޯ: އެމްއެންޑީއެފް

ޅ. ނައިފަރުގައި ފެން ބޮޑުވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ނައިފަރަށް ބޯކޮށް ވާރޭވެހި އެ ރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވާކަމަށް ސިފައިން މައުލޫމާތުދެއެވެ.

މިފަހުންވެސް ނައިފަރުގައި ފެން ބޮޑުވެގެން ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

ރާއްޖެ ސަރަހައްދަށް މިދުވަސްވަރު މޫސުން ގޯސްވާތީ ދޭތެރެ ދޭތެރެއިން މޫސުމީ އެކި އެލާޓްތައްވެސް އަންނަނީ ނެރެމުންނެވެ.