ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހެއްގެ އަތުން ފޭރުނު މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.
ހަނިމާދޫގެ ގެއަކަށް ވަދެ އެގޭގައި އުޅުނު 63 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާކުރި މައްސަލައިގައި ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހާދިސާގައި އެ މުސްކުޅި މީހާއަށް ލިބުނު އަނިޔާތަކަށް އެ ރަށު ހޮސްޕިޓަލުން ފަރުވާ ދެމުންދާކަމަށް އިއްޔެ ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 7 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.
މިފަހުން އައްޑޫސިޓީގައިވެސް ވަނީ މުސްކުޅިއަކު ބަނުމަށްފަހު ފޭރިގަނެފައެވެ. އެ މައްސަލައިގައި ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.