ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދުގެ ވަގުތެއްގައި ތުރުކީއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
އަދާލަތު ޕާޓީން ބުނެފައިވަނީ މިނިސްޓަރު އިމްރާންގެ މި ދަތުރުފުޅަކީ ތުރުކީ ވިލާތުގެ ވެރިކަން ކުރާ ޑިވަލޮޕްމަންޓް އެންޑް ޖަސްޓިސް ޕާޓީގެ ޚާއްސަ ދަޢުވަތަކަށް އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މިނިސްޓަރު އިމްރާންގެ އަރިހުގައި މި ދަތުރުފުޅުގައި އަދާލަތު ޕާޓީގެ ނައިބު ރައީސް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަލްފާޟިލް އަހުމަދު ޝަރީފް ވެސް ބައިވެރިވާ ކަމަށް އަދާލަތު ޕާޓީން މައުލޫމާތުދީފައިވެއެވެ.
ތުރުކީ ވިލާތުގެ ވެރިކަން ކުރާ @Akparti ގެ ޚާއްސަ ދަޢުވަތަކަށް އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް ޢަދާލަތު ޕާޓީގެ ރައީސް، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުالله އާއި ނާއިބު ރައީސް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަލްފާޟިލް އަހުމަދު ޝަރީފް… pic.twitter.com/mZpYUau5Dj
— Adhaalath Party (@AdhaalathOffice) October 5, 2023
މިނިސްޓަރު އިމްރާންގެ މިދަތުރުފުޅާ ގުޅޭގޮތުން ސޯޝަލްމީޑިއާގައި އަންނަނީ އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ.
ރިޔާސީ އިންތިހާބުގައި މިނިސްޓަރު އިމްރާންގެ އަދާލަތު ޕާޓީން ކޯލިޝަން ހަދާފައިވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއެކުއެވެ. އެހެންނަމަވެސް އެ ބޭފުޅުންނަށް އިންތިހާބު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.