Last Updated: May 9, 22:28
Friday, May 9, 2025
ޚަބަރު

ތައުލީމީ މަންހަޖަށް ހެޔޮ ބަދަލުތަކެއް ގެންނާނަން

ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: މާލެސިޓީ ކައުންސިލް

ރާއްޖޭގެ ތައުލީމީ މަންހަޖަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ނެރުއްވި ބަޔާނެއްގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ކާމިޔާބީގެ އައްސޭރިއަކަށް ޤައުމަކަށް ވާސިލުވެވޭނީ މައިގަނޑު ތިން އަސާސެއްގެ މަތީގައި އެ ގައުމެއްގެ ތައުލީމީ ނިޒާމު ބިނާވެގެން ކަމަށެވެ. އެއީ ހަރުދަނާ އަޚްލާޤު، ތަނަވަސް އިލްމު އަދި ކުޅަދާނަ ހުނަރުވެރިކަމެވެ.

މިދައްރިސުންގެ އަދަދު މަދުވުމަކީ ރާއްޖެއަށްވެސް އޮތް މައްސަލައެއްކަމަށާއި އަދި ކިޔަވައިނުމިގެން ނިކުންނަ ކުދިންގެ ކިބައިގައި ޤައުމަށް ބޭނުްވާ ޤާބިލުކަން ހުރިތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަަމަށެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެ ދެ މައްސަލަ ހައްލުކުރުމަށް އިސްކަން ދެއްވާނެކަމަށެވެ.

"21 ވަނަ ޤަރުނުގެ ދަރިވަރެއްގައި ހުންނަޖެހޭ ތޫނުކަމާއި ހުޝިޔާރުކަމަށެވެ. ޤާބިލުކަމާއި އުޅުންތެރިކަމަށެވެ. އިޖުތިމާއީ މިންގަނޑުތަކަށް ކަމޭހިތުމާއި އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަތަކަށެވެ. އިރާދަކުރެއްވިއްޔާ މި ކަންކަން އަށަގަންނާނެ ފަދަ ގޮތަކަށް މަންހަޖު އަލުން ބައްޓަންކުރާނަމެވެ. ކަމާ ގުޅޭ އިތުރު ހަރުދަނާ ފިޔަވަޅުތައް އަޅައި މުދައްރިސުން ތާޒާކުރާނަމެވެ." ޑރ. މުއިއްޒުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ވިދާޅުވީ މުދައްރިސުންގެ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއްދީ މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން މީޒާން ހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާ ކުރައްވާނެ ކަމަށެވެ.