Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް އެލާޓް

ފޮޓޯ: އައްޑޫލައިވް

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް މެންދުރު 02:00 އިން ފެށިގެން މިރޭ 07:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުތަކުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

މިދުވަސްވަރު ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ އެކި ސަރަހައްދުތަކަށް އެލާޓް އަންނަނީ ނެރެމުންނެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ހަފްތާ ބަންދުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރާނެއެވެ.