ކަރަންޓު މަސައްކަތްކުރުމުގެ ހުއްދަ އޮންނަ މީހުންގެ އާ ދަފުތަރު އެކުލަވާލަން ނިންމައި އެފަދަ އެފަދަ މީހުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަށް ހުށައަޅަން އެދިއްޖެ އެވެ.
އެ އޮތޯރިޓީން ބުނީ ކަރަންޓު މަސައްކަތްކުރާ މީހުން ދަފުތަރުވުމަށްޓަކައި އެކަމަށް ހާއްސަ ފޯމު އޮތޯރިޓީގެ ވެބްސައިޓުން މިހާރު ލިބޭނެ ކަމަށާއި ފޯމް ފުރުމަށްފަ ހު އަންނަ އަހަރުގެ އޭޕްރީލް 4 ގެ ކުރިން ހުށަހަޅަން އެދޭ ކަމަށެވެ. ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނި ގޮތުގައި އެ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ އިލެކްޓްރިޝަނުންނަކީ، ކަރަންޓު މަސައްކަތް ކުރިމުގެ ހުއްދަ ނެޔް ބައެއް ކަމަށް ކަނޑައަޅާނެ ކަމަށެވެ. އަދި މި އަހަރުގެ މާޗް މަހުގެ 15 ކުރިން ނަގާފައިވާ ހުރިހާ ލައިސަންސެއް ބާތިލު ވާނެ ކަމަށް އެތަނުން ބުންޏެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ އިލެކްޓްރީޝަނުންގެ އާ ދަފުތަރެއް އެކުލަވާލުމުގެ ބޭނުމަކީ އެ އޮތޯރިޓީ އުފެދުމުގެ ކުރިން އެހެނިހެން މުއައްސަސާތަކުން، ލައިސަންސް ހޯދާފައިވާ މީހުންގެ ތެރެއިން، މިހާރު ވެސް ކަރަންޓު މަސައްކަތް ކުރާ މީހުންނަކީ ކޮބައިކަން ދެނެގަނެ އެ މީހުންގެ މަޢުލޫމާތު އާކުރުން ކަމަށެވެ.
ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަކީ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި އުފައްދަވާފައިވާ އިދާރާއެކެވެ. ކުރިން އެނަޖީ އޮތޯރިޓީ އުވާލައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދީ ޑިސެމްބަރު 4، 2020 ގަ އެވެ.