Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ގައުމު އިިސްލާހު ވާނީ ދީނަށް ލޯބިކުރާ މީހުންނާ އެކީ

ގައުމު އިސްލާހުވެ ކުރިއަށް ދާނީ ދީނަށް ލޯބިކުރާ ގާބިލު މީހުން މަގާމުތަކަށް އައިސްގެން ކަމަށް އަލީ ރަމީޒު ބުނެފި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނަން ވަރަށް ބޮޑަށް ކެމްޕޭންކުރި ސަލަގު ޖަމިއްޔާ އަށް ނިސްބަތްވާ އަލީ ރަމީޒު މިފަދަ މޭރުމަކުން ސޯޝަލް މީޑިއާގައ ވާހަކަ ދައްކަވާފައި ވަނީ އަންނަ އަހަރުގެ މަޖިލިސް އިންތިހާބަށް ހިނަ ބަޔަކު މިހާރު ޝައުގުވެރިކަން ފާޅުކުރަމުން އަންނަނިކޮށެވެ.

އޭނަގެ ޕޯސްޓްގައި ބުނީ ގައުމު އިސްލާހު ވާނީ އެކިއެކި މަގާމުތަކަށް ދީނަށް ލޯބިކުރާ ގާބިލު މީހުން އައިސްގެން ކަމަށެވެ.

"ގައުމު އިސްލާހު ވާނީ ދީނަށް ލޯބިކުރާ އިސްލާހަށް މަސައްކަތް ކުރެވޭ ވަރުގެ ގާބިލު މީހުން ގައުމުގެ އެކިއެކި މަގާމުތަކަށް އައިސްގެން." އަލީ ރަމީޒު ބުންޏެވެ.