ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ބައި އިލެކްޝަން ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ފަރެސް ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ހުސްވަނީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ މެންބަރު އަދި އިންތިޚާބީ ނާއިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް، ނޮވެމްބަރު 17ގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ ހުވާ ކުރައްވާތީ އެވެ.
މި ގޮނޑި ހުސްވިޔަސް، ގާނޫނުއަސާސީ ބުނާ ގޮތުން، ބައި އިލެކްޝަނެއް ބާއްވާކަށް ނުޖެހެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ބައި އިލެކްޝަން ބާއްވަން ޖެހެނީ ގޮނޑިއެއް ހުސްވުމާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމާ ދެމެދު ހަ މަހަށް ވުރެ ދިގު މުއްދަތެއް އޮތް ނަމަ އެވެ.
އާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އަންނަ އަހަރުގެ ކުރީކޮޅު ބާއްވާނެ އެވެ.