Last Updated: July 23, 16:49
Thursday, July 23, 2026
ޚަބަރު

ސިންގަޕޫރްގެ ދެކޮޅު ޓިކެޓް ލިބޭ ޕްރޮމޯޝަނެއް

އެސްޓީއޯ އިން އެތެރެކޮށް، ވިއްކާ ރަސަލް ހޮބްސްގެ އުފެއްދުންތައް ގަނެގެން ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ކުންފުނިން މި ޕްރޮމޯޝަން އެސްޓީއޯ ޕީލަލްސް ޗޮއިސް އިން ކުރިއަށް ގެންދަނީ މި މަހުގެ 1 އިން ފެށިގެން މަހުގެ ނިޔަލަށް ކަމަށެވެ. އެގޮތުން ޕްރޮމޯޝަންގައި ރަސަލް ހޮބްގެ އުފެއްދުންތައް ގަތުމަށް ހޭދަކުރާ ކޮންމެ 250ރ/ ރުފިޔާއަކަށް ޑިޖިޓަލް ކޫޕަނެއް ދޫކުރާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ޕްރޮމޯޝަންގައި ގުރުއަތުން އެއްވަނަ އަށް ދާ ކަސްޓަމަރަކަށް ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓް ލިބޭނެ އެވެ. އަދި ދެވަނަ އިނާމަކަށް 75 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީއަކާއި ޕިލިޕްސް ސައުންޑް ބާއެއް ލިބޭ އިރު، ތިންވަނަ އަށް ހޮވޭ މީހަކަށް ހިޓާޗީ ފްރޮންޓް ލޯޑް ދޮންނަ މެޝިނެއް ލިބޭނެ އެވެ.