ފަސް ދުވަހުގެ ސްޓަޑީ ޓުއާއަކަޑް ކަސްޓަމަސްގެ އޮފިސަރުންތަކެއް މާދަމާ އިންޑިއާ އަށް ފުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި މަހުގެ 8-14 އަށް މި ޓުއާ ކުރިއަށް ގެންދާނީ އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސް އެންޑް ކަސްޓަމްސް (ސީބީއައިސީ) ގެ ދަށުން ކަސްޓަމްސް މުވައްޒަފުން ތަމްރީނުކުރާ އެންމެ މަތީ މުއައްސަސާ، ބެންގަލޫރުގެ ނޭޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އެންޑް ނާކޮޓިކްސް (ނާސިން) ގަ އެވެ.
މި ސްޓަޑީ ޓުއާގައި ކަސްޓަމްސްގެ 20 މުވައްޒަފަކު ބައިވެރިވާނެ އެވެ.
މިއީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކެޕޭސިޓީ ބިލްޑިންގައި އެއްބާރުލުން އިތުރުކުރުމުގެ މަގުސަދުގައި 2019 ގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ސީބީއައިސީ އާއި ކަސްޓަމްސްއާ ދެމެދު ސޮއިކުރި ކެޕޭސިޓީ ބިލްޑިން އެމްއޯޔޫގެ ދަށިން ފަހިކޮށްދޭ ފުރުސަތެކެވެ.
މި އެމްއޯޔޫގެ ދަށުން 2020 އިން ފެށިގެން ކަސްޓަމްސްގެ 190 އަ ށްވުރެ ގިނަ އޮފިސަރުން އިންޑިއާގައި ދާއިރާއާ ގުޅުން ހުރި ތަމްރީނުތައް ދީފައިވެ އެވެ އަދި ގާތްގަނޑަކަށް 90 އޮފިސަރަކަށް ކަސްޓަމައިޒްޑް ވާޗުއަލް ޓްރެއިނިން ޕްރޮގްރާމް ހިންގާފައިވެ އެވެ.