Last Updated: May 20, 01:49
Sunday, May 19, 2024
މީހުން

އިރާންގެ އެކްޓިވިސްޓަކަށް ނޯބެލް ސުލްހައިގެ އިނާމު

އަންހެނުންގެ ހައްގުތައް ވަކާލާތުކުރާ އިރާންގެ އަންހެން އެކްޓިވިސްޓަކަށް ނޯބެލް ސުލްހައިގެ އިނާމު ދޭން ނިންމައިފި އެވެ.

މި އިނާމު ދޭން މިއަދު ނިންމީ ޖަލު ބަންދެއްގައި ހުރި ނަރުގިސް މުހައްމަދީއަށެވެ. އޭނަ އަކީ މިދިޔަ އަހަރު އިރާންގެ ހޫނުގައި ހޫނުވި ބުރުގާގެ މައްސަލާގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލައި އަންހެނުންގެ ހައްގުތައް ކަށަވަރުކޮށް ދޭން އެންމެ ބޮޑަށް ވަކާލާތުކުރަމުން އައި އެއް އެކްޓިވިސްޓެކެވެ.

ބުރުގާ ނާޅައިި އާންމު ތަނެއްގައި އުޅުނު މައްސަލާގައި މަހްސާ އަމީނީ ކިޔާ ޒުވާން އަންހެނަކު އިރާންގެ ފުލުހުން ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި މަރުވި މައްސަލާގައި އިރާންގެ ސަރުކާރާ ދެކޮޅަށް އެތައް ހާސް ބަޔަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ މެދިތެރެއިން ފެށިގެން ދަނީ މުޒާހަރާކުރަމުންނެވެ.

އެގޮތުން ބުރުގާ އެޅުމާއި ނޭޅުމުގެ އިހުތިޔާރު އަންހެނުންނަށް އޮންނާނެ ކަމަށާއި އެކަން ކުރަން މަޖުބޫރު ކުރެވިގެން ނުވާނެ ކަމަށް ބުނެ އެތަކެއް އަންހެނުން ދަނީ އަޑު އުފުލަމުންނެވެ. ނޯބެލް ސުލްއިގެ އިނާމު ދޭން ނިންމި ނަރްގިސް އަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެކެކެވެ.

އުމުރުން 51 އަހަރުގެ ނަރުިގިސް އަކީ ނޫސްވެރި ވެސް މެވެ. އޭނަ އަކީ އިންސާނީ ހައްގުތަކަށް ވަކާލާތުކޮށްގެން ހާއްސަކޮށް އަންހެނުންނާ ގުޅުން ހުރި މައްސަލަތަކުގައި އަޑު ވަރަށް ގިނަ ފަހަރު މަތިން ޖަލު ބަންދުތައް ތަޖުރިބާކޮށްފައިވާ މީހެކެވެ.

ނަރްގިސް އަށް ނޯބެލްގެ ސުހްލައިގެ އިނާމު ދޭން ނިންމުމާ ގުޅިގެން ނޯވޭގެ ނޯވެލްގެ ކޮމިޓީން ވަނީ އޭނަ މިހާރުން މިހާރަށް މިނިވަން ކުރުމަށް ވެސް އިރާން ސަރުކާރަށް ގޮވާލައިފަ އެވެ.