Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ޖަޕާންގެ ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި

ޖަޕާން ސަރުކާރުން ދިން ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ޖަޕަނީޒް ގްރާންޓް އެއިޑްގެ ދަށުން މި ފަހަރު ދޭން ނިންމީ ހަ ސްކޮލާޝިޕެވެ.

އެގޮތުން މާސްޓާޒްއަށް ކިޔަވަން މިފަހަރު ފުރުސަތު ހުޅުވާލާފައި ވަނީ ޔުނިވަސިޓީ އޮފް ސުކުބާގައި މާސްޓާސް ޕްރޮގްރާމް އިން އެންވަޔަރަންމަންޓަލް ސައިންސަސް، ނެޝަނަލް ގްރެޖުއޭޓް އިންސްޓިޓިއުޓް ފޯ ޕޮލިސީ ސްޓަޑީސް އިން މާސްޓާސް އޮފް ޕަބްލިކް ޕޮލިސީ ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ އިތުރުން ރިޓްސުމެއިކަން ޔުނިވަސިޓީގައި މާސްޓާސް އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސްއަށެވެ.

މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑި އަކީ މި އަހަރުގެ ޑިސެމްބަރު 3 އެވެ.

ޖަޕާން ސަރުކާރުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ގޮތަށް މީގެ ކުރިން 16 ދަރިވަރަކަށް ސްކޮލަޝިޕް ދީފައިވެ އެވެ.