Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

މާލޭގައި މީހަކަށް ވަޅިން ހަމަލާ ދީފި

އަންހެން މީހާ ފިރިހެން މީހާއަށް ހަމަލާދެނީ-

މާލޭގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ފިރިހެނަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވަނީ އަންހެނެކެވެ. މި މައްސަލައިގައި ފުލުހުންގެ ހައްޔަރަށް 29 އަހަރުގެ އަންހެނަކު ގެންގޮސްފައިވެއެވެ.

ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަގޮތުން އަންހެން މީހާ ފިރިހެން މީހާއަށް ތޫނުއެއްޗަކުން ހަމަލާދީފައިވަނީ ފިހާރައެއްގެ ތެރެއިންނެވެ. އަދި އެމީހާގެ ކަރާ ދިމާލަށް ހަމަލާދޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.

މި ހަމަލާގައި ޒަހަމްވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލަތު މިހާރު ރަނގަޅުކަމަށް މައުލޫމާތުލިބެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.