Last Updated: May 9, 22:28
Friday, May 9, 2025
ޚަބަރު

ހުވާ ކުރާ ރަސްމިއްޔާތަށް މޯދީ އަށް ދައުވަތު ދެނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 'ދަ ހިންދޫ' ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ދައުވަތު ދެއްވުމަށް ޓްރާންސިޝަން އޮފީހުން ބޭނުންވާކަމަށެވެ. އެހެންކަމުން ބޮޑުވަޒީރު މޯދީއަށް އެ ދައުވަތު ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު މި އިންޓަވިއުގައި ވިދާޅުވީ ޑރ. މުއިއްޒުއަކީ "އެންޓި އިންޑިއާ" އަދި "ޕްރޯ ޗައިނާ" ބޭފުޅަކަށް ނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ބައިނަލްއަޤްވާމީ މީޑިއާތަކުން ވަނީ މި އިންތިހާބަކީ އިންޑިއާ އަދި ޗައިނާގެ ދެމެދުގައި ކުރިއަށްދިޔަ އިންތިހާބެއް ކަމަށް ސިފަކޮށްފައި، އަދި ޑރ. މުއިއްޒަކީ ޕްރޯ-ޗައިނާ ބޭފުޅެއް ކަމަށްވެސް ސިފަކޮށްފައިވޭ. މިއީ މުޅިއަކުން ތެދެއް ކަމަށް ގަބޫލެއް ނުކުރެވޭ." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މޯދީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވި ރަސްމިއްޔާތަށްވެސް ވަޑައިގެންފައެވެ.