Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

އެކްސިޑެންޓްވި ދުވަސްވީ މީހާ ނިޔާވެއްޖެ

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި ސިކުނޑި އަށް ލޭ އެޅި، ސީރިއަސް ލިބުނު ދުވަސްވީ އަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

އިއްޔެ ރޭ އިޝާ ނަމާދުން ފައިބައިގެން ސައިކަލްގައި ދަނިކޮށް ކާރެއްގައި ޖެހި އެކްސިޑެންޓްވި ހާދިސާއާ ގުޅިގެން ނިޔާވި މީހާ އަކީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ސަފީރު މުހައްމަދު އަމީތުގެ ބައްޕަ މުހައްމަދު މަނިކް، 74، އެވެ. އޭނަ ނިޔާވީ ރޭ މެންމަދު ވަގުތެއްގަ އެވެ.

ބޮޑު ތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓާ ގުޅިގެން އޭނަ އަށް ފަރުވާ ދެމުން އައީ އައިޖީއެމްއެޗްގަ އެވެ. މަނިކު ނިޔާވީ އޭނައާ މެދު ޑޮކްޓަރުން އުންމީދު ވެސް ކަނޑާލާފައި ވަނިކޮށެވެ. އޭނަގެ ޖަނާޒާ އޮންނާނީ އަސުރު ނަމާދަށް ފަހު ހުޅުމާލޭގަ އެވެ.