ހަމާސް އިން އިޒްރޭލަޑް އިއްޔެ ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން ރައްދުގައި އިޒުރޭލުން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ނޫސްވެރިޔަކު ޝަހީދުކޮށްލައިފި އެވެ.
އިޒްރޭލުގެ ސިފައިންތަކެއް ބަޑިން ދިން ހަމަލާތަކެއްގައި އިއްޔެ ޝަހީދުކޮށްލި ނޫސްވެރިޔަކީ އިޒްރޭލާއި ފަަލަސްތީނާ ދެމެދު މިހާރު ހޫނުވެފައިވާ ކުރިމަތިލުންތަކެއް ކަވަރުކުރަން އުޅުނު ގާޒާ އާއި އިޒްރޭލުގެ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ މުހައްމަދު އަލް ސަހްލީ އެވެ.
BREAKING: PALESTINIAN JOURNALIST ASSASSINATED BY ISRAELI FORCES
Mohammed al-Salhi, a Palestinian journalist was reportedly killed by Israeli forces while covering the events near the fence separating the eastern areas of the Gaza Strip from the 1948-occupied territories… pic.twitter.com/Rp5VvheFDd
— Sulaiman Ahmed (@ShaykhSulaiman) October 7, 2023
އިޒްރޭލުން އޭނަ ޝަހީދުކޮށްލުމާ ގުޅިގެން ޕަލަސްޓީން ޖާނަލިސްޓް ސިންޑިކޭޓް (ޕީޖޭއެސް) އިން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް، އެކަމުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަން ބައިނަލްއަގުވާމީ ދުނިޔެ އަށް ވެސް ގޮވާލާފައިވެ އެވެ. އަދި ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އަޅައި، ނޫސްވެރިންނާ ދެކޮޅަށް ޖަރީމާތައް ހިންގުން އެއްވެސް ގޮތަކަށް ބަލައި ނުގަނެވޭނެ ކަމަށް ބުނެފައިވެ އެވެ.
#BREAKING: A Palestinian journalist was killed today in an Israeli attack on the Gaza Strip.
He said Mohammad Salhi was killed by an Israeli army bullet while covering the events at the border east of al-Bureij, in the central Gaza Strip. pic.twitter.com/svhQhVAAph
— Wafa News Agency – English (@WAFANewsEnglish) October 7, 2023
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 200 އާ ގާތްކުރާ އަދަދަކަށް މީހުން ޝަހީދުކޮށްފައިވެ އެވެ. ހަރުކަށި ޔަހޫދީންނަކީ ފަލަސްތީނުގެ މުސްލިމު ރައްޔިތުންގެ ބިންތައް ފޭރި ގަނެ، އެ ރައްޔިތުންނާ ދެކޮޅަށް ހުއްޓުމެއް ނެތި ލާއިންސާނީ އެތައް ޖަރީމާއެއް ހިންގަމުންދާ ބައެކެވެ.