Last Updated: May 9, 16:46
Friday, May 9, 2025
ޚަބަރު

މިދިޔަ މަހު 130،000 ޓޫރިސްޓުން ޒިޔާރާތްކުރި

ފަތުރުވެރިންނާއި އެކު ރާއްޖެ އައި ފްލައިޓެއް / ފޮޓޯ: ވެލާނާ އެއާޕޯޓް

ނިމުނު ސެޕްޓެމްބަރު މަހު ރާއްޖެއަށް 130،000 އަށްވުރެއް ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ސެޕްޓެމްބަރު ރާއްޖެއަށް ޖުމުލަ 130،967 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންނަށް ވުރެއް 16.94 އިންސައްތަ އިތުރު އަދަދެކެވެ.

ސެޕްޓެމްބަރު ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް 4366 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމުލަ 1،361،048 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން ވަނީ 25،065 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އިންޑިއާއިން 14،092 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާއިރު، ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ރަޝިޔާއިން އައިސްފައިވަނީ 12،375 ފަތުރުވެރިންނެވެ.