Last Updated: July 24, 11:07
Friday, July 24, 2026
ޚަބަރު

ލަވަކިޔުންތެރިޔާ ލޯފަން މަރިޔަމްދީދީ ނިޔާވެއްޖެ

"ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން" ލަވައިން ލޯފަން މީހެއްގެ އިހުސާސްތައް ވަރަށް އަސަރުފަދަކޮށް ބަންޑުންކޮށް ދީގެން ގިނަ ބައެއްގެ ސަމާލުކަން ހޯދި ލަވަކިޔުންތެރިޔާ މަރްޔަމް އަހުމަދުދީދީ (ލޯފަން މަރިޔަމްދީދީ) ނިޔާވެއްޖެ އެވެ.

ގދ. ތިނަދު އަށް ނިސްބަތްވާ ފަންނާނު އުމުރުން 73 އަހަރުގައި ނިޔާވީ އިއްޔެ ހަވީރު އެވެ. މަރިޔަމްދީދީގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު ތިނަދޫ މަސްޖިދު ތަޤްވާގައި ބާއްވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

މަރްޔަމްދީދީގެ "ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން" ނުވަތަ "ތިޔަ ބުނާ ރޫހީ އުފާ ސިފަ މަށަށް ކޮށްދޭ ނުހޭ؟" އަކީ ރާއްޖޭގެ ވަރަށް ގިނަ ފަންނާނުން މިހާތަނަށް ކަވަކޮށްފައިވާ ވަރަށް ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ލަވައެކެވެ. އޭނަ ކިޔާފައިވާ ލަވަތަކުގެ ތެރޭގައި "ފެން މީރުވި ރީތި ރަށޭމީ، ރޫޙު ވަނީ ތިނަދޫ ގައޭ" ވެސް ހިމެނެ އެވެ.

މަރްޔަމްދީދީ އަށްލަވަކިޔުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު 1982 ގައި ލިބިފައިވެ އެވެ.