Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

މަދޫރީގެ ލަވައެއް ސަނީ ލިއޯންއާ އެކީ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓްގެ ހިތްގައިމު ނެށުންތަކެއް ފެންނަ އައިކޮނިކް ލަވައެއް ކަމަށްވާ "މެރަ ޕިޔަ ގަރް އާޔާ" ގެ އާ ވާޝަނެއް ބަތަލާ ސަނީ ލިއޯންއާ އެކީ ގެނެސްދީފި އެވެ.

ސަނީގެ ނެށުން ފެނިގެންދާ "މެރަ ޕިޔަ ގަރް އާޔާ 2.0" ޒީ މިއުޒިކްގެ ތައްގަނޑުގައި ދޫކޮށްލި އިރު، ލަވަ ކިޔާފައި ވަނީ ނީތީ މޯހަން އެވެ.

މީގެ އޮރިޖިނަލް ލަވަ އަކީ މަދޫރީ އާއި ރިޝީ ކަޕޫރް އަދި ރާޖް ބައްބަރް ލީޑް ރޯލު ކުޅުނު 1995 ގެ ފިލްމު "ޔާރާނާ" ގައި ހިމެނޭ ލަވައެކެވެ. އަނޫ މަލިކްގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ ކަވީތާ ކްރިޝްނަމުރްތީ އެވެ. އެއީ ލަވައިގެ ނެށުންތައް ތައްޔާރުކޮށް ދިނީ 2021 ގައި މަރުވެފައިވާ މަޝްހޫރު ކޮރިއޮގްރާފަރު ސަރޯޖް ޚާނެވެ.

މަދޫރީ ފަދަ ބަތަލާއެއްގެ ލަވައެއް ސަނީއާ އެކީ ގެނެސްދިން އިރު، އޭނަ ކުރިން ވެސް ކުރީގެ މަޝްހޫރު ލަވައެއްގެ އާ ވާޝަނެއްގައި ހިއްސާވެފައިވެ އެވެ، އެއީ ޝާހްރުކް ޚާންގެ 2016 ގެ ފިލްމު "ރައީސް" ގެ އައިޓަމް ލަވަ "ލައިލާ މެ ލައިލާ" އެވެ.