Last Updated: May 9, 16:04
Friday, May 9, 2025
ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ އިދާރާއަށް މިއަދު ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮޔާއެކުއެވެ.

އެ މައްސަލައާ ގުޅިގެން މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ، ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިކުރުމުގެ ޤަރާރެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

އަދި މި މައްސަލަ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށް ބުނެފައިވެއެވެ.

"ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމުގެ ޤަރާރެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނީ ލިބިފައެވެ. މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ވާހަކަ ދަންނަވަމެވެ." މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.

އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާކަން ހާމަކޮށް އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައިވަނީ ރައީސް ނަޝީދަށް އެމްޑީޕީ ޕީޖީގެ އިތުބާރު އެއްވެސް ވަރަކަށް ނެތުމުން ކަމަށެވެ. އަދި މައްސަލައިގައި މިފަހަރު ދޫދިނުމެއް ނެތްކަމަށް ވިދާޅުވިއެވެ.