Last Updated: May 9, 16:04
Friday, May 9, 2025
ޚަބަރު

މެޑަމް ފަޒްނާ، މުއިއްޒުގެ އަނބިކަނބަލުންނާ ބައްދަލުކޮށްފި

ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ މުލިއާގޭގައެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުން މި ބައްދަލުވުމުގައި މެޑަމް ފަޒްނާ ވަނީ އިންތިހާބީ ރައީސްގެ އަނބިކަނބަލުން ސާޖިދާއަށް މަރުހަބާ ދަންނަވާފައެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ރައިސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 109،868 ވޯޓެވެ. އަދި ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ 129،159 ވޯޓާއެކުއެވެ.