Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

ޝިލްޕާގެ ފިރިމީހާގެ ފިލްމު ނޮވެމްބަރު 3 ގައި

އިންޑިއާގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާގެ ބައޮގްރަފިކަލް ޑްރާމާ އަންނަ މަހުގެ 3 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

މިކަން މިއަދު އިއުލާންކޮށްފައި ވަނީ މި ޕްރޮޖެކްޓާ ބެހޭ ވާހަކަތަކެއް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސޯޝަލް މީޑިއާގައި ހިއްސާކުރި ފަރާ ޚާނާއި މުނައްވަރު ފާރޫގީގެ އިތުރުން ރާޖް މާސްކަކުން މޫނު ފޮރުވައިގެން އިންނަ މަންޒަރު ފެންނަ ވީޑިއޯއަކުންނެވެ. ނަމަވެސް މިއާ ބެހޭ އިތުރު މައުލޫމާތުތަކެއް އަދިވެސް މުޅިއަކުން ސާފެއް ނުވެ އެވެ. އެގޮތުން ފިލްމުގެ ނަމަކީ "މާސްކް މޭން" ތޯ ނުވަތަ ޔޫޓީ69 ތޯ ވެސް ކަށަވަރު ނުވި ނަމަވެސް ރާޖް ފިލްމުން ފެންނާނެ އެވެ.

ވީޑިއޯގައި ފަރާ ބުނާ ގޮތުން ފިލްމު ޑައިރެކްޓްކުރީ އޭނައެއް ނޫނެވެ.

ރާޖްއާ ބެހޭ ފިލްމެއް ހަދަން ނިންމީ އޭނަ ބަރަހަނާ ފިލްމު ހަދައިގެން އާމްދަނީ ހޯދާ ކަމަށް ބުނާ މައްސަލަތަކެއް 2021 ގައި ފެންމަތިވެ، އެ މައްސަލަގަނޑަށް ބިނާކޮށެވެ. އޭރު ރާޖްގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ހައްޔަރުކޮށް، ދެ މަހެއްހާ ދުވަހު ޖަލުގައި ވެސް ބަންދުކުރި އެވެ. އަދި ކަފާލާތުގެ ދަށުން އޭނަ ދޫކޮށްލި ފަހުން "ލަދުން" އުޅެނީ ފާޑުފާޑުގެ މާސްކް އަޅައިގެން ނިވާވެގެންނެވެ.

މިކަމާ ހެދި ރާޖް އަށް ވަރަށް ގިނަ މީހުން މިހާރު ޖޯކް ވެސް ޖަހަ އެވެ.