Last Updated: July 23, 14:58
Thursday, July 23, 2026
ޚަބަރު

އެމް-ފައިސާ އިން ފަލަސްތީނަށް އެހީވުމުގެ ފުރުސަތު

އުރީދޫގެ އެމްފައިސާ ޚިދުމަތް މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާގެ އެހީ ފޯރުކޮށްދެވޭ ގޮތް ހަދައިފި އެވެ.

އުރީދޫއިން ބުނީ އެމްފައިސާ މެދުވެރިިކޮށް ހަދިޔާކުރާ ފައިސާގެެ އެހީ ފޯރުކޮށްދޭނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށް ކަމަށެވެ.

އެމްފައިސާ މެދުވެރިކޮށް ފައިސާ ހަދިޔާ ކުރާނަމަ އެމްފައިސާއަށް ލޮގިން ވުމަށްފަހު ސްމާޓް ޕޭ ސެލެކްޓްކޮށް ކިއުއާރްކޯޑް ސްކޭން ނުވަތަ މާޗަންޓް ނަމްބަރު 9306501 ޖަހަންޖެހޭނެ އެވެ. އޭގެފަހުން ބޭނުންވާ އަދަދު ޖެހުމަށްފަހު ކޮންފާމްކުރުމުން ފައިސާ ހަދިޔާ ކުރެވޭނެ އެވެ.

ފަލަސްތީނަށް އެހީވުމުގެ ގޮތުން ފައިސާގެ އެހީ ހޯދުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ވަނީ ހުވާލާފަ އެވެ. އެގޮތުން އައިއޭސީން ހުޅުވާލި ފަންޑަށް އެއް ދުވަސް ތެރޭ މިލިއަނެއްހާ ރުފިޔާ ވަނީ ލިބިފަ އެވެ.

އިޒްރޭލުން ފަަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި 500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.