Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އިންތިގާލީ ކޮމިޓީން އިސްލާމިކް މިނިސްޓްރީ އަށް

އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އެކުލަވާލާފައިވާ އިންތިގާލީ ކޮމިޓީން އިސްލާމިކް މިނިސްޓްރީގެ ވެރިންނާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުމުގައި މިނިސްޓްރީގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އިސްލާމިކް މިނިސްޓްރީއާ ބައްދަކުރި އިންތިގާލީ ކޮމިޓީގައި ކުރީގެ އިސްލާމިކް މިނިސްޓަރުން ކަމަށްވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޑރ. އަހުމަދު ޒިޔާދު ބާގިރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެ ކޮމިޓީން މިނިސްޓްރީއާ އެކީ ބައްދަލުވުމާ ބެހޭ ގޮތުން އިސްލާމިން މިނިސްޓްރީން ބުނީ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާއި އިންތިގާލީ ކޮމިޓީން ބޭނުންވާ މަޢުލޫމާތުތައް ފަސޭހަކަމާ އެކު ފޯރުކޮށްދީ އެހީތެރިވެ ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިރުޝާދު ވެސް ދެއްވާފައިވާ ކަމަށެވެ. އެހެންވެ ކޮމިޓީން ބޭނުންވި މައުލޫމާތުތައް ހިއްސާކޮށްފައިވެ އެވެ.

އެގޮތުން ޝަހީމު ވަނީ އެކޮމިޓީ އަށް ބޭނުންވާ މަޢުލޫމާތުތައް ފަސޭހަކަމާއެކު ހޯދައި ދިނުމަށާއި އެ ކޮމިޓީން ކުރާ މަސައްކަތްތަކަށް މިނިސްޓްރީގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބޭކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.

މުއިއްޒު ރައީސްކަމުގެ ހުވާކުރުމުގެ ކުރިން އެކިއެކި އިދާރާތަކާއި މުއައްސަސާތަކާ އިންތިގާލީ ކޮމިޓީން އަންނަނީ ބައްދަލުކުރަމުންނެވެ.

މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވާނީ އަންނަ މަހުގެ 17 ގަ އެވެ.