Last Updated: June 21, 06:02
Saturday, June 21, 2025
ޚަބަރު

މިއީ މުޅި އުންމަތް އެއްބައިވަންތަ ވާންވީ ވަގުތު

މިއީ މުޅި މުސްލިމު އުންމަތް އެއްބައިވާންވީ ވަގުތު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ފަރުދީ ތަފާތުތަކާ މަސްލަޙަތުތައް އެއްފަރާތްކޮށްގެން މެނުވީ އުންމަތުގެ ކަރާމަތާއި ޝަރަފާއި އިއްޒަތް ވެސް ސަލާމަތްވާނެ ހަމަ އެއްގޮތެއް ވެސް ނެތް ކަމަށެވެ.

"ކޮންމެ މުސްލިމަކު އެ މީހެއްގެ ދައުރު ފުރިހަމައަށް އަދާކުރަން." އިމްރާން ވިދާޅުވި އެވެ.

ބެލެވޭ ގޮތުން އިމްރާންގެ މި ވާހަކަ އަކީ ފަލަސްތީނާއި އިޒްރޭލާ ދެމެދު މިހާރު ހޫނުވެފައިވާ މައްސަލަގަނޑާ ގުޅިގެން ފަލަސްތީނުގެ މުސްލިމު ރައްޔިތުންގެ ދިފާއުގައި އިސްލާމީ އުންމަތް އޮތުމަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކައެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން އަނިޔާވެރި ޔަހޫދީ އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެން، ރައްދުގައި މިހާރު ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން މިހާތަނަށް ފަލަސްތީނުގެ 700 އށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ.

މި ދަނޑިވަޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން މުހިއްމުކަން ފާހަގަކުރައްވައި އިމްރާން ކުރިން ވެސް ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ކުރައްވާފައިވެ އެވެ.