ކުޑަ "މަސް ޓޭންކެއް" އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ހެދުމެއް ދައްކައިލުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ މާމެއިޑް ސްޓައިލަށް ފަރުމާކޮށްފައިވާ ގައުންއެއްގައި ޒުވާން އަންހެނަކު ހުއްޓިގެން ހުންނަ ތަނެވެ. އެ ހެދުމުގައި ބަނޑާ ދިމާލުން ހުރީ ޓޭންކެކެވެ. ވީޑިއޯގައި ދެން ފެންނަނީ ކޮތަޅެއްގައި ހުރި މަސްތަކެއް މީހަކު އެ ޓޭންކްގެ ތެރެއަށް އަޅާލުމުން، ހެދުންލައިގެން އިން މީހާ، ފަރިވެ، ޕޯސްކުރާ ތަނެވެ.
މި ވީޑިއޯ އަށް ގިނަ ބަޔަކު ފާޑުކީ ދިރޭ ތަކެއްޗަށް ގޯނާކުރާ ކަމަށް ބުނެ އެވެ.
އެގޮތުން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ކޮންމެވެސް އެެއްގޮތަކުން ނަމަވެސް ދިރޭ ތަކެއްޗަށް ގޯނާކޮށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ. އަދި ހެދުން ރީއްޗެއް ވެސް ނޫން ކަމަށާއި އެއިން ދެ މެސެޖް ވެސް ރަނގަޅު ނޫން ކަމަށް ވީޑިއޯ އަށް ފާޑުކިިޔައި ކޮމެންޓްކުރި ގިނަ ބަޔަކު ބުނެފައިވެ އެވެ.