Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

މިސް ޔުނިވާސްގައި ޕާކިސްތާން ވާދަކުރާތީ ފާޑުކިޔަނީ

މުބާރާތުގައި ޕާކިސްތާން ތަމްސީލުކުރާ އެރިކާ ރޮބިން.

މި އަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ޕާކިސްތާންގެ ރީތީގެ ރާނީއަކު ތަމްސީލުކުރާތީ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

މުސްލިމު ބޮޑު އާބާދީއެއް އޮންނަ ގައުމުން ދުނިޔޭގެ އެންމެ ބޮޑު އެއް ރީތީގެ މުބާރާތުގައި ވާދަކުރަން ނިންމުމާ ގުޅިގެން، ޕާކިސްތާން ސިޔާސީ ދާއިރާ އަށް ނިސްބަތްވާ މީހުން މިހާރު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އަދި އެ މައްސަލަ ބަލަން އެ ގައުމުގެ ވަގުތީ ބޮޑުވަޒީރު އަންވަރުލް ހައްގު ކަކާރު ވަނީ ކަމާބެހޭ އިދާރާތަކަށް ވެސް ގޮވާލައްވައިފަ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިސް ޔުނިވާސްގައި ޕާކިސްތާން ތަމްސީލުކުރަން ހޮވިފައި ވަނީ ނަސާރާ ދީނަށް ތަބާވާ އާއިލާއަކަށް ނިސްބަތްވާ އެރިކާ ރޮބިން، 22، އެވެ. އޭނަ މިސް ޔުނިވާސްގައި ވާދަކުރަން ހޮވުނީ ޕާކިސްތާން ތަމްމްސީލު ކުރާނެ ބައިވެރިއަކު ހޮވަން ފަސް ފައިނަލިސްޓަކާ އެކީ ރާއްޖޭގެ ކޮއްޓެފަރު ރިސޯޓްގައި ބޭއްވި ސިލެކްޝަކަށް ފަހު އެވެ.

މިއާ އެކީ އެރިކާ ވެފައި ވަނީ މިސް ޔުނިވާސްގެ 72 އަހަރުވީ ތާރީހުގައި ޕާކިސްތާން ތަމްސީލުކުރާ ފުރަތަމަ ފަހަހަރަށެވެ.

މި އަހަރުގެ މިސް ޔުނިވާސް މުބާރާތް އޮންނާނީ އަންނަ މަހުގެ 18 ގައި އަލް ސަލްވެޑޯގަ އެވެ.