Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

ބްރިޓްނީ ބޭނުމީ ބިޔޯންސޭގެ ފިރިމީހާއާ "ގުޅެން"

މަޝްހޫރު ލަވަކިޔުންޔެރިޔާ ބިޔޯންސޭ ފިރިމީހާ ޖޭ-ޒީއާ "ގުޅެން" ބޭނުންވާ ކަމަށް އެންމެ ފަހުން ކުރި ކައިވެނި ދާދި ފަހުން ރޫޅުނު އެމެރިކާގެ ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް ބުނެފި އެވެ.

އެކަމަކު އޭނަގެ މި ވާހަކައިގެ މާނަ އަކީ ޖޭ-ޒީ ޖަހައިގަތުމެއް ނޫނެވެ. ބްރިޓްނީ ބޭނުން ވަނީ ބިޔޯންސޭގެ އަލްބަމް "ލެމަނޭޑް" ގައި ހިމެނޭ މަގުބޫލު ލަވައެއް ކަމަށްވާ "ޑެޑީ ލެސަންސް" ގެ އާ ވާޝަނެއް ހަދަން ޖޭ-ޒީއާ ކޮލަބަރޭޝަނަކަށް ދާށެވެ. މި ވާހަކަ އޭނަ ހިއްސާކޮށްފައި ވަނީ ބިޔޯންސާގެ ލަވައަށް ނަށާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށެވެ.

އޭގައި ބްރިޓްނީ ބުނީ އޭނަ އަށް ނުވެސް އެނގި އޭނަގެ ބައެއް ލަވަތަކުގެ ރިމިކްސް ވަރަށް ގިނަ ބަޔަކު ހަދާފައިވާ ކަމަށެވެ. އެހެންވެ މި ވަގުތަކީ މިފަދަ މަސައްކަތެއް އޭނަ ވެސް ކުރަން އެކަށީގެންވާ ވަގުތަކަށް ބެލިދާނެ ކަމަށް ބްރިޓްނީ ބުންޏެވެ.

"އެހެންވީމަ ލަވައަށް ރެޕްކޮށް ދޭން އެދި އެބަޖެހޭ ޖޭ-ޒީއާ ބައްދަލުކޮށްލަން ވެސް،" ކާމިޔާބު ލަވަތަކެއް ކިޔާފައިވާ ފަންނާނު ބުންޏެވެ. "ކީކޭ މިކަމާ ބުނަނީ؟"

ޖޭ-ޒީ އަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ރެޕާ އެވެ. އޭނަގެ އަންހެނުން ބިޔޯންސޭ އަކީ މިއުޒިކީ ދުނިޔޭގައި އެންމެ ވިދާ އެއް ނަމެވެ. ބިޔޯންސޭގެ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރުގެ "ރެނަސަންސް" އެވެ. ބްރިޓްނީ އަށް ވަރަށް ކަމުދިޔަ ލަވައެއްގެ ގޮތުގައި ފާހަގަކޮށްލެވެނުނު ބިޔޯންސޭ "ޑެޑީ ލެސަންސް" ހިމެނޭ އަލްބަމް "ލެމަނޭޑް" އަކީ 2016 ގެ އަލްބަމެކެވެ.

"އޫޕްސް! އައި ޑިޓް އިޓް އެގެއިން" "އާއި "ބޭބީ ވަން މޯ ޓައިމް" ފަދަ ލަވަތައް ކިޔާފައިވާ ބްރިޓްނީގެ އެންމެ ފަހުގެ އަލްބަމަކީ 2016 ގެ "ގްލޯރީ" އެވެ.