Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ޖާދޫގަރުންގެ ޖަމިއްޔާ ރަޖިސްޓްރީކޮށްފި

މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަން ރަޖިސްޓްރީކޮށްފި އެވެ.

މިކަމާ ގުޅިގެން ޖާދޫގަރުންގެ ޖަމިއްޔާ އިން އިއްޔެ ބޭއްވި ޕްރެސްއެއްގައި ޖަމިއްޔާގެ ރައީސް އަހުމަދު ޝަރީފު ބުނީ ޖަމިއްޔާގެ މަގްސަދަކީ ރާއްޖޭގައި ތިބި ޖާދޫގެ ހުނަރުތަކަށް ޝައުގުވެރިވާ މީހުންނަށް ޖާދޫގެ ހުނަރުތައް ދަސްކޮށްދީ، އެ މީހުންނަށް ފުރުސަތު ހޯދައިދީ ކުރިއަރުވައި ދޭން މަސައްކަތްކުރުން ކަމަށެވެ.

ޖާދޫގާރުންގެ ޖަމިއްޔާ އިން މިހާރު އަންނަނީ ޑިސެމްބަރުގައި މޯލްޑިވްސް އިންޓަނޭޝަނަލް މެޖިކް ފެސްޓިވަލެއް ބޭއްވުމަށް ވެސް ތައްޔާރީތައް ވަމުންނެވެ.

ޖާދޫގަރުންގެ ޖަމިއްޔާ އިން ބުނީ އޭގެ މެމްބަރަކަށްވުމުގެ ފުރުސަތު ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން، ނޯމަލް މެމްބަރު އެކެއް ކެޓަގަރީއަށް އަހަރަކަށް 100ރ. ރުފިޔާ އަދި ޕްރޮފެޝަނަލް ކެޓަަގަރީއަށް އަހަރަކަށް 500ރ. ގެގެ ފީއެއް ދައްކަން ޖެހެ އެވެ.