Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

ސްކައިރޮކްގެ އާ ލަވަ އަކީ "ރޭވަ"

ރާއްޖޭގެ މިހާރު ކުރިއަރަމުން އަންނަ މިއުޒިކް ބޭންޑް، ސްކައިރޮކް އިން މުޅިން އާ ލަވައެއް އާންމުންނަށް ދޫކޮށްލައިފި އެވެ.

"ރޭވަ" ކިޔާ ރޮކް ސްޓައިލްގެ ލަވަ އަކީ ބޭންޑްގެ ދެވަނަ ލަވަ އެވެ. ލަވަ ޔޫޓިއުބަށް ދޫކޮށްލީ ވީޑިއޯއާ ވެސް އެކީގަ އެވެ. މި ލަވައިގެ އަޑުގެ ވެރިންނަކީ އިންޝާ އާއި ފައްފު އަދި ހުސައިނެވެ.

ސްކައިރޮކުން ބުނީ "ރޭވަ" އަކީ ބޭންޑުން އަންނަ މަހު ރިލީޒްކުރަން ތައްޔާރުމުން އަންނަ އަލްބަމް "ސަމުގާ" ގައި ހިމެނޭ ލަވައެއް ކަމަށެވެ. މި ބޭންޑްގެ ފުރަތަމަ ލަވަ އަކީ މާޗްގައި އާންމުކުރި "ހޭވައްލާ ތައްޔާރު" އެވެ.

ސްކައިރޮކް އަކީ ހަ މެމްބަރުން ހިމެނޭ ބޭންޑެކެވެ.